މިދުވަސްވަރު ބޮލީވުޑްގައި އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ ރިތިކް ރޯޝަން އާއި އޭނާގެ ކޮއްކޮ ސުނައިނާ ރޯޝަން އަދި އެމީހުންގެ އާއިލީ ގުޅުމުގެ ވާހަކައެވެ.
އެގޮތުން ރިތިކް ކުރިން ރައްޓެހިވެގެން އުޅުނު އަދި، ބަތަލާ ކަންގްނާ ރާނޯތް ގެ ކޮއްކޮ ވަނީ އެއާއިލާއިން ސުނައިނާއަށް އަނިޔާ ކުރާކަމަށް ބުނެފައެވެ.
އޭނާ މީސް މީޑިއާގައި ބުނީ ސުނައިނާ މުސްލިމް ކުއްޖަކާ ރައްޓެހިވެގެން އުޅޭތީ އެކަމާ އާއިލާއިން ނުރުހޭ ކަމަށާއި އެކަމާ ހެދި ސުނައިނާއަށް އެއާއިލާއިން އަނިޔާކުރާތީ އޭނާ ވަނީ ކަންގްނާ އަށް ގުޅައި އެހީވުމަށް އެދިފައިކަމަށެވެ.
ކަންގްނާގެ ކޮއްކޮ ރަންގޯލީ މީސްމީޑިއާގައި މިވާހަކަތައް ފަތުރާފައި ވަނިކޮށް ސުނައިނާވެސް ވަނީ އޭނާ ކަންގްނާއަށް ސަޕޯޓް ކުރާކަމަށް ޓުވިޓަރުގައި ހިއްސާކޮށްފައެވެ.
ރިތިކްގެ ކުރީގެ އަނބިމީހާ ސުޒޭން މިވަނީ އެއާއިލާއަށް ދިމާވަމުން އަންނަ ހަމަނުޖެހުމާއި މީހުންގެ ފުރައްސާރަތަކާ ދެކޮޅަށް ތެދުވެފަ އެވެ.
އެގޮތުން ސުޒޭން ވަނީ އެއާއިލާއަށް ވަނީ ވަރަށް ބޮޑެތި ކަންތައްތަކެއް ދިމާވެފައިކަމަށާއި މި ދަނޑިވަޅުގައި އެ މީހުނަށް އިހްތިރާމް ކުރުމަށް އެދިފައެވެ. އަދި މިވަގުތު ރިތިކްގެ ކޮއްކޮ ސުނައިނާ ހުރީ އެހާ ރަނގަޅު ހާލަތެއްގައި ނޫންކަމަށްވެސް ސުޒޭން ވަނީ ބުނެފައެވެ.
ރިތިކްގެ ކޮއްކޮ ސުނައިނާގެ ވާހަކަ މީޑިއާއަށް ތިލަވީ އޭނާ ބައިޕޯލާ ކަމަށް ބުނެ އޮޕަރޭޝަނެއް ކުރާކަމުގެ އަޑުފެތުރު ހިސާބުންނެވެ. ނަމަވެސް ސުނައިނާ ވަނީ އެކަންވެސް ދޮގު ކޮށްފައެވެ. ޕިންކް ވިލާ އަށް ދިން އިންޓަވިއުގައި ސުނައިނާ ބުނި ގޮތުގައި އޭނާ އެއްވެސް ބައްޔަަކަށް ފަރުވާ ކުރަން އެޑްމިޓް ކޮށްފައެއް ނުވެއެވެ. އަދި އޭނާ އަކީ ބައިޕޯލާ މީހެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެނޫންވެސް މެންޓަލް އެއްވެސް މައްސަލައެއް އޭނާ ގެ ނެތްކަމަށް ވަނީ ބުނެފައެވެ.
ސުނައިނާ އިތުރަށް ބުނީ ރުޅިގަދަވުމަކީ ބައިޕޯލާ ވުމެއް ނޫންކަމަށާއި އޭނާ ހުރީ ގަދަވެ ސަލާމަތުން ކަމަށެވެ.
މި މައްސަލަތަކާ ގުޅޭގޮތުން ރިތިކް އަދި އާއިލާގެ ފަރާތުން އެއްވެސް މައުލޫމާތެއް އަދި ދީފައެއް ނުވެއެވެ.