މާލެ ސިޓީގައި މަގުމަތީ ބާޒާރު ބޭއްވޭނެ ދުވަސްތަކުގެ ގޮތުގައި ސަރުކާރު ބަންދު ދުވަސްތައް ކަނޑައަޅައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި މަގުމަތީ ބާޒާރު ނުވަތަ ނައިޓް މާކެޓް ބޭއްވޭނެ ދުވަސްތަކުގެ ތެރޭގައި ކަނޑައަޅާފައިވަނީ އަޟްހާ އީދު ދުވަސް، ފިތުރު އީދު ދުވަސް، ކީރިތި ރަސޫލާގެ އީދު މީލާދު ދުވަސް، މިނިވަން ދުވަސް، ގައުމީ ދުވަސް، ޖުމްހޫރީ ދުވަސް، ރާއްޖެ އިސްލާމްވީ ދުވަސް، ހިޖްރީ އާ އަހަރު ފެށޭ ދުވަސް، މީލާދީ އާ އަހަރު ފެށޭ ދުވަސް، ނަސްރުގެ ދުވަސް، މަސައްކަތްތެރިންގެ ދުވަސް އަދި ޝައުބާން މަހެވެ.
އަދި އެ ދުވަސްތަކުގައި މަގުމަތީ ބާޒާރު ބާއްވަން ބޭނުންވާ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލުން ފޯމު ނެގުމަށް އެދިފައިވެއެވެ.
މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދައަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 1:00 އަށް މާލެ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުންނެވެ.