ޕޮލިސް

ގެއެއްގެ ފަސްވަނަ ފަންގިފިލާއިން ފެންލައިޓު ދޮރެއް ވެއްޓިއްޖެ

މާލޭގެ ގެއެއްގެ ފަސްވަނަ ފަންގިފިލާއިން މަގުމައްޗަށް ފެންލައިޓް ދޮރެއް ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ މިއަދު 4:35 ހާއިރު ޝަހީދު އަލީ މިސްކިތް ކައިރީގައި ހުރި ގެއެއްގެ ފަސްވަނަ ފަންގިފިލާއިން ފެންލައިޓް ދޮރެއް ވެއްޓިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަދި އެއްޗަކަށް ގެއްލުން ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް މާލޭގައި ހަދަމުން އަންނަ ބައެއް އިމާރާތްތަކުން އެއްޗެހި ވެއްޓުމުގެ ސަބަބުން މީހުންނަށް އެކިވަރުގެ ގެއްލުންވެފައި ވެއެވެ.