އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުގެ ބަޖެޓުން މިހާރު ދެމުން އަންނަ، 5،000 ރުފިޔާގެ އިނާޔަތް، 10،000ރ. އަށް ބޮޑު ކުރުމަށާއި، އެކަނިވެރި މައިންނަށް މިހާރު ދެމުން އަންނަ 2،000 ރުފިޔާ 7،500 އަށް ބޮޑު ކުރުމަަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރެވެ.
މި ފައިސާގެ އަދަދަށް ބަދަލު ގެންނާނީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ބަހުސްކޮށް މަޖިލީހުން ނިންމާ ގޮތެއްގެ މަތީންނެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް އެޖެންޑާ ކުރާނީ ކޮން ދުވަހަކު ކަމެެއް އަދި ނޭނގެ އެވެ.
އިސްލާހުގައި ޖާބިރު ވިދާޅުވެފައިވަނީ، މި މައްސަލަ ހުށަހެޅުމުގެ ބޭނުމަކީ، އާއިލާތައް ދަމަހައްޓައި، އުމުރުން ދުވަސްވީ މީހުންނަށް ގަދަރުވެރިކަމާއެކު މުޖުތަމައުގައި އުޅެވޭނެ ފުރުސަތު ހަމަޖެއްސުމަށް ކަމަށެވެ.