ކުށް

ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ހިތަދޫއިން ހޯދައިފި

މަރިޔަމް ޝަހުދާ

ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް އައްޑޫ ސިޓީ ހިތަދޫން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން އައްޑޫ އިން މިތަކެތި ހޯދާފައިވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިތަދޫ ވަލުތެރެ ބަލައިފާސްކުރުމުގެ ތެރެއިން ނެވެ. މިތަކެއްޗާއެކު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 20 ލީޓަރުގެ 14 ހަން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.