އިބްރާހިމް ޒަކީ
ސުޕްކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ޝަރުތު ފުރިހަމަވޭތޯ ބެލުމަށާއި، އެ ފަނޑިޔާރުގެ ކޮރަޕްޝަން މައްސަލައެއް އޮތްތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަޑިޔާރުންނާބެހޭ، އެކަންކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
އަލީ އާޒިމް މިގޮތަށް ހުށަހެޅުއްވީ، ސްޕްރީމް ކޯޓުގެ އަމުރާހިލާފަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާއެއްވެސް ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކޮމިޓީއަކުންވިއަސް ނިންމާކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއްކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅުއްވައި، އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ އެންގުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ މެންބަރުން ބަހުސް ކުރެއްވުމަށް ހުޅުވައިލެއްވި ފުރުސަތުގައެވެ.
އަލީ އާޒިމް ވިދާޅުވީ، ސުޕްރީމް ކޯޓަކީ ރާއްޛޭގައި ހިނގާ ހުރިކަހާ ކަމަކަށް ފަހުބަސް ބުނަން އޮންނަ މުއައްސަސާއެއްނޫން ކަމަށާއި، ސުޕްރީމް ކޯޓުން ޖެހޭޏީ މައްސަލައެއް ހުށަހެޅުމުން އެމައްސަލައަކާބެހޭގޮތުން ގޮތެއް ނިންމުމަށް ކަމަށެވެ.
އެހެންކަމުން ސްޕްރީމް ކޯޓުގެ އަމުރާހިލާފަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާއެއްވެސް ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކޮމިޓީއަކުންވިއަސް ނިންމާކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއްކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅި ކަނޑައެޅުމަކީ، ގާނޫނީ ބާރު ކަނޑާލުމަށް ހިންގި ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް ނިންމައި އެކަމަށް މަޖިލީހުން ގޮތެއްް ނިންމުމަށްވެސް އާޒިމް ވަނީ ހުށަހަޅުއްވައިފައެވެ.