ޕޮލިސް

މަސްތުވާތަކެއްޗާއެކު ނައިފަރުން މީހަކު ހައްޔަރު ކޮށްފި

މަރިޔަމް ޝަހުދާ

މަސްތުވާތަކެއްޗާއެކު ޅ. ނައިފަރުން މީހަކު ހައްޔަރު ކޮށްފިއެވެ.

ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ މީހާ ހައްޔަރުކޮށްފައިވަނީ ހެނދުނު 7:25 ހާއިރުއެވެ. ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ، މަގުމަތިން ހުއްޓުވުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރުމުގެ ތެރެއިން އޭނާ ދުއްވި ސައިކަލުގެ މަޑިދަށުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓު ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.

މިމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އަށް ދުވަހުގެ މުއްދަތަށް އޭނާ ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.