ޖަވާނީ ޖާނޭމަން ގެ ޝޫޓިން ލަންޑަނުގައި ފަށައިފި އެވެ.
ޖަވާނީ ޖާނޭމަން އަކީ ނިތިން ކައްކަރު ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގައި ލީޑް ތަރިންގެ ގޮތުގައި ފެނިގެން ދާނީ ސައިފް އަލީ ޚާން އަދި އަލަށް ބޮލީވުޑަށް ނުކުންނަށް ތަރިއެއް ކަމަށްވާ އަލައިއާ އެފް އެވެ. މީގެ އިތުރުން ތާބޫވެސް ފިލްމުގެ ލީޑް ބަތަލާ ގެ ބައިން ފެނިގެން ދާނެ އެވެ.
އަލައިއާ އާއަކީ ކުރީގެ ބޮލީވުޑް ތަރި ޕޫޖާ ބޭދީގެ ދަރިއެވެ.
މި ފިލްމަކީ މަޖާ ފިލްމެކެވެ. ފިލްމުގައި ފިރިހެނެެއްގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކެކެވެ.
29 ނޮވެމްބަރުގައި ފިލްމު ރިލީސް ކުރަން ހަމަޖައްސައިފައިވާއިރު ފިލްމުގެ ޝޫޓިން ފެށީ އިއްޔެ އެވެ.
އަލައިއާ އަދި ސައިފް ވަނީ އެކީގައި އިންޑިއާ-ޕާކިސްތާން މެޗް ބެލުމަށް މެންޗެސްޓާ އަށް ވެސް ގޮސްފައެވެ.