ޝޫޖިދް ސިރްކަރުގެ ފިލްމް ގުލާބޯ ސިތާބޯ ގެ ޝޫޓިން އަމީތާބް ބަޗަން ފަށައިފިއެވެ.
މި ފިލްމަކީ އިންޑިއާގެ ގައުމީ އިނާމު ލިބިފައިވާ ލިޔުންތެރިޔެއް ކަމަށްވާ ޖޫހީ ޗަތުރްވޭދީ ލިޔެފައިވާ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.
ލަކްނޫގައި ފިލްމުގެ ޝޫޓިން ފަށާފައިވާއިރު ޖުލައި މަސް ނިމެންދެން ޝޫޓިން ކުރިޔަށް ދާނެ ކަމަށް ވެއެވެ.
ފިލްމުގައި އަމީތާބް އާއެކު އަޔުޝްމަން ކުރާނާވެސް ލީޑް ރޯލުން ފެނިގެންދާނެއެވެ.
ފިލްމާ ގުޅޭގޮތުން ޝޫޖިދް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި އެ ފިލްމަކީ އުއްތަރު ޕްރަދޭޝްގައި އުޅޭ ދެމީހެއްގެ ރޯލު ފެނިގެންދާނެ ފިލްމެކެވެ. ސިތާބޯ އަކީ ފިލްމުގެ މެއިން ކެރެކްޓަރުގެ އަންހެނުން ކަމަށާއި ގުލާބޯ އަކީ އޭނާ ރައްޓެހި ވެގެން އުޅޭ ރީތި އަންހެނެއް ކަމަށެވެ.
އަމީތާބް ވެސް ވަނީ ފިލްމުގެ ޝޫޓިން ފެށިކަން އޭނާގެ ޓުވިޓަރުގައި ހާމަކޮށްފައެވެ.