އިންތިޚާބީ ރައީސް ހުވާކުރައްވާނެ ތާރީޚު ކަނޑައެޅުމުގެ މައްސަލަ ހަތް މެންބަރުންގެ ކޮމެޓީއަކުން ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.
މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި ފުރަތަމަ ވޯޓަށް އެހީ 11 ނޮވެމްބަރު އެއީ އާ ރައީސް ހުވާކުރައްވާ ތާރީޚު ކަމަށް ކަނޑައަޅަން ފެނޭތޯ އެވެ. އެހެން ނަމަވެސް އެގޮތަކަށް ފާހެއް ނުވި އެވެ.
މި މައްސަލަ ދިރާސާ ކުރުމަށް ހަތް މެންބަރުންގެ ކޮމެޓީއެއް ނަގައި އެ ކޮމެޓީ ވެސް ވަނީ މިއަދުގެ ޖަލްސާއިން ފާސްކޮށްފަ އެވެ. ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
1. އަބްދުﷲ ޝާހިދު - ހެންވޭރު އުތުރު ދާއިރާ
2. ރޮޒެއިނާ އާދަމް - އައްޑޫ މީދޫ ދާއިރާ
3. އަލީ އާރިފު - ކެލާ ދާއިރާގެ މެންބަރު
4. އަހުމަދު އާމިރު - ކުޑަހުވަދޫ ދާއިރާގެ މެންބަރު
5. މުހައްމަދު ހުސެއިން - ކަނޑިތީމު ދާއިރާގެ މެންބަރު
6. ހުސެއިން މުހައްމަދު - މަތިވެރި ދާއިރާ
7. ރިޔާޒް ރަޝީދު - ވިލުފުށީ ދާއިރާ
މި ކޮމެޓީ ފާސްކުރުމަށް 68 މެންބަރުން ވޯޓުދެއްވި އެވެ.