ވިޔަފާރި

އެފްއެންބީ ޝޯގެ ކޯ ސްޕޮންސަރަކަށް ސަނީ އެންޓަޕްރައިޒަސް

މަރިޔަމް ޝަހުދާ

ހައިރައިޒް އިން އިންތިޒާމްކޮށްގެން ރާއްޖޭގައި ކުރިއަށް ގެންދާ ފުޑް އެންޑް ބޭވަރެޖް ޝޯ، (އެފްއެންބީ ޝޯ) ގެ ހަތަރު ވަނަ އެޑިޝަނުގެ ކޯ-ސްޕޮންސަރަކަށް ސަނީ އެންޓަޕްރައިޒަސް ހަމަޖައްސައިފިއެވެ.

ސަނީ އެންޓަޕްރައިޒަސް އާއި ހައިރައިޒްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މި އެއްބަސްވުމުގައި ހައިރައިޒްގެ ފަރާތުން ހައިރައިޒްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝާމިން ސޮއި ކުރެއްވި އިރު ސަނީ އެންޓަޕްރައިޒަސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ހެޑް އޮފް މާކެޓިން އައިމިނަތު ވަފާ ސައީދު އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެފްއެންބީ ޝޯއަކީ ކާބޯތަކެއްޗަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ފެއާއެކެވެ. މި ޝޯއަށް ކޮންމެ އަހަރަކު ވެސް ބޮޑު ތަރުހީބެއް ލިބެމުން ދެއެވެ. އެ ގޮތުން މިދިޔަ އަހަރު 13 އެގްޒެބިޓަރުން ބައިވެރިވެފައިވާއިރު އެބައިވެރީން ވަނީ އާ އުފެއްދުންތަކާއި ޕްރޮމޯޝަންތައް ޝޯގައި ތައާރަފުކޮށް ކުރިޔަށް ގެންގޮސްފަ އެވެ.

މި އަހަރުގެ ޝޯ ކުރީ އަހަރުތަކަށް ވުރެ ފުރިހަމަ ވާނެ ކަމަށް ހައިރައިޒުން ވަނީ ބުނެފަ އެވެ. މިއަހަރުގެ އެފްއެންބީ ޝޯ ކުރިޔަށް ގެންދިއުމަށް ހަމަޖައްސައިފައިވަނީ އަންނަ ޖުލައިމަހު ދެޔަކުން ހަތަރަކަށް ދަރުބާރުގޭގައެވެ. ހުޅުވާފައި ހުންނާނެ ގަޑިތަކަކީ މެންދުރު ދެޔަކުން އިރުއޮއްސި ހަޔަކަށް އަދި ރޭގަނޑު އަށަކުން އެގާރައަށެވެ.