މަރުގެ މައްސަލަތައް

އޯކިޑްމަގުގައި ހުންނަ ގެސްޓް ހައުސްއެއްގައި ދިވެހި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

1

އޯކިޑްމަގުގައި ހުރި ގެސްޓް ހައުސްއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އިން ބުނީ، މީހެއްގެ އެއްްވެސް ހަރަކާތެއް ނެތި، އަނގައިން ފޮނުތަކެއް އަރާ ކަމަށް ބުނާ މައްސަލައެއް މިއަދު މެންދުރު 12:18 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި ފުލުހުން އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ 22 އަހަރުގެ ދިވެހި ޒުވާނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

"ވަން އޮންލައިން"އަށް ކަށަވަރުވެފައިވާ ގޮތުގައި، މަރުވެފައި އޮއްވާ ގެސްޓްހައުސްއެއްގެ ތެރެއިން ފެނިފައި ވަނީ، ނ. މާފަރު، އާހިޔާ، ރައިފް ނޫމާން އެވެ.

ފުލުހުން އެ ޒުވާނާގެ ހަށިގަނޑު ނެރެގެން ގެންދާ ފޮޓޯއިން ފެންނަ ގޮތުގައި، ޒުވާނާގެ މުޅި ހަށިގަނޑު އެއްކޮށް ނިވާވާގޮތަށް ހުދު ފޮތިގަނޑެއް ވެސް އޮތީ އަޅައިފަ އެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ. އޭނާގެ ހަޑިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނާން ނެތް ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟