ޑރ. މުހައްމަދު ޖަމީލް އަހްމަދު

އަބުރުގެ ގާނޫނާއި އެންޓި ޑިފެކްޝަން ގާނޫނު ގެނައީ އިދިކޮޅަށް އަދަބު ދިނުމަށް - ޑރ. ޖަމީލު

އަހުމަދު ޖައިޝަން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ރާއްޖެއަށް އަބުރުގެ ގާނޫނާއި އެންޓި ޑިފެކްޝަން ގާނޫނު ތައާރަފުކުރައްވާފައި ވަނީ ސަރުކާރުގެ އިދިކޮޅު ފަރާތްތަކަށް ދަތިކުރުމުގެ ގޮތުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އަބުރުގެ ގާނޫނަކީ ޚިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް ރައީސް ޔާމީންގެ ސަރުކާރުން ފާސް ކުރި ގާނޫނެކެވެ. އަދި އެންޓި ޑިފެކްޝަންގެ ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީ އިން ވަކިކުރުމުން ކަމަށް ވިޔަސް ގޮނޑި ގެއްލޭ ގޮތަށް ހަމަޖެއްސުމަށް ތައާރަފުކޮށްފައިވާ ގާނޫނެކެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލް ވިދާޅުވީ އެ ގާނޫނުތަކުގެ ޝިކާރައަށް މަޖިލިސް މެމްބަރުންނާއި މީޑިއާތައް ވެގެން ދިޔަ ކަމަށެވެ.

"ރައީސް ޔާމީން ތައާރަފުކުރެއްވި އެބިލްތަކުގެ ސަބަބުން މަޖިލިސް މެމްބަރުންނާއި މީޑިއާތަކުގެ ފަރާތްތައް ބޮޑު "ވިޗް ހަންޓް" އަކާއި ފިއްތުންތަކުގެ ޝިކާރައަަށް ވެގެން ދިޔަ،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ އެފަދަ ނުހަައްގު މަސައްކަތްތަކާއި ކޮރަޕްޝަންގެ އަމަލުތައް މޮނިޓަރ ކުރުމަށް ތިބޭ މިނިވަން މުވައްސަސާތަކުގެ ރޯލު ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.