އޭޝިއަން ޑިވެލޮޕމެންޓް ބޭންކް

އޭޑީބީ އިން ރާއްޖެއަށް 169 މިލިއަން ރުފިޔާގެ އެހީ ދޭން ނިންމައިފި

މުހައްމަދު އައުޒަމް

އޭޑީބީ އިން ރާއްޖެއަށް 169 މިލިއަން ރުފިޔާގެ އެހީ ދޭން ނިންމައިފިއެވެ.

މިހާރު ކުރިޔަށްދާ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމުގެ ދަށުން އޭޑީބީން ރާއްޖޭގެ ކްރޮސް ބޯޑާ ކޮންޓްރޯލަށް ބޭނުންވާ ހައި ޓެކް ސިސްޓަމް ގާއިމް ކުރުމުގެ ޕްރޮޖެކްޓަށް 11 މިލިއަން ޑޮލަރު ގެ އެހީ ލިބޭނެއެވެ.

2023 ވަނަ އަހަރުގެ ނިޔަލަށް ކުރިޔަށް ނިމޭ، މިޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގައި މުދާ ކްލިއާ ކުރުމުގައި އަވަސްވެ މުދަލުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އަދި މީގެ އިތުރުން ކައިރި ގައުމުތަކާއިދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިވެގެންދާނެއެވެ.

މިޕްރޮޖެކްޓަށް ޖުމްލަ 11.99 މިލިއަން ޑޮލަރު ހޭދަވާނެކަމަށް ބެލެވޭއިރު ސަރުކާރުން 1.99 މިލިއަން ޑޮލަރު ހޭދަކުރާނެއެވެ.