ސިނަމާގައި ރީތި ކަމާއި، އެޕެއަރެންސް އަކީ މުހިއްމު އެއްޗެއް ކަމަށާއި އިންޓަލިޖެންޓް ކަމަށް ފެންނާތީ ޑައިރެކްޓަރަކު އޭނާ ރިޖެކްޓް ކުރި ކަމަށް ސުވާރާ ބާޝްކަރް ބުނެފި އެވެ.
ސުވާރާ އިތުރަށް ބުނީ އިންޑަސްޓްރީ އަށް އަންނަ ކޮންމެ މީހަކުވެސް ކޮންމެވެސް ކަހަލަ ރިޖެކްޝަނަކާ ކުރިމަތި ލާންޖެހޭ ކަމަށެވެ. ހާއްސަކޮށް މީހާގެ ލުކް ފިލްމް އިންޑަސްޓްރީގައި ވަރަށް މުހިއްމުއެވެ.
ނަމަވެސް އަސްލު އެއީ މީހުންގެ ވިސްނުން ހުންނަ ގޮތް ކަމަށާއި، އެންމެ ފުރަތަމަ ބޮމްބޭއަށް ގޮސް ބައްދަލުކުރި ޑައިރެކްޓަރު ސުވާރާ ރިޖެކްޓް ކުރީ އޭނާގެ ލުކް އިންޓަލިޖެންޓް ކަމުންނޭ ބުނެފައި ކަމަށް ސުވާރާ ވަނީ ބުނެފައެވެ. ސުވާރާ އިތުރަށް ބުނީ އަދި އަދަށްވެސް އޭގެ މާނަ އަކީ ކޮބައިކަން އޭނާއަށް ނޭނގޭ ކަމަށެވެ.
މީހުންގެ ނެގަޓިވް ކޮމެންޓްސް އަށް މާބޮޑު ސަމާލުކަމެއް ނުދީ މަސައްކަތަަށް ފޯކަސް ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ވެސް ސުވާރާ ބުންޏެވެ.
ސުވާރަ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ވީރޭ ދީ ވެޑިން" އިންނެވެ. އެ ފިލްމްގައި ކަރީނާ ކަޕޫރު ޚާން، ސޯނަމް ކަޕޫރު އަދި ޝިކާ ތަލްސާނިއާ ވެސް ލީޑު ރޯލުން ފެނިގެން ދެއެވެ.