މާލޭ މަގެއްގެ މަތީން ހޮވި ފައިސާތަކެއް ފުލުހުންނާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ 10:45 ހާއިރު ބޮޑުތަކުރުފާނު މަގުން ހޮވި ފައިސާތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އެފައިސާތަކުގެ ވެރިފަރާތް އެނގޭނެ ލިޔުމަކާއެކު ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ގޮސް، އެފައިސާތަކާއި ހަވާލުވުމަށް އެދޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.