އިއްޔެއަކީ ބައިނަލް އަގްވާމީ ބައްޕައިންގެ ދުވަހެވެ. އާންމުންގެ އިތުރުން ގިނަ ތަރިން ބޮލީވުޑާއި ހޮލީވުޑުން ވެސް ވަނީ ދުވަހުގެ ތަހުނިޔާއާއި ހާއްސަ ފޮޓޯ އަދި ހަރަކާތްތަކުން މީސް މީޑިއާ ފުރާލއިފައެވެ.
ބޮލީވުޑްގެ ބާދްޝާހު ޝާހުރުކް ޚާން މިވަނީ ބައްޕައިންގެ ދުވަހާ ދިމާކޮށް އޭނާގެ ބައްޕަގެ ނަމުގައި ފައުންޑޭޝަނެއް ހުޅުވައިފައެވެ. މީރު ތާޖް މުހައްމަދު ޚާންގެ ނަމުގައި ހުޅުވި އެ ފައުންޑޭޝަނަކީ ކަނބަލުންނަށް އެހީތެރިވުމަށް އުފައްދާފައިވާ ފައުންޑޭޝަނެކެވެ.
ޝާހު ވަނީ ފައުންޑޭޝަން ހުޅުވިކަން ޓުވީޓް މެދުވެރިކޮށް އިއުލާނުކޮށްފައެވެ. ޝާހުގެ ޓުވީޓުގައި ބުނެފައިވާ ގޮތުގައި ފައުންޑޭޝަނަކީ އޭނާގެ ބައްޕަގެ ނަމުގައި ހުޅުވި ފައުންޑޭޝަނެކެވެ. މީރު ފައުންޑޭޝަނަކީ އަންހެނުންނަށް އެހީވުމަށް ހުޅުވޭ ނެޓްވޯކެއް ކަމަށް ޝާހު ވަނީ ފާހަގަކޮށްފައެވެ. އަދި ފައުންޑޭޝަނުގެ ވެބްސައިޓްވެސް ލޯންޗު ކުރި ކަމަށް ވަނީ ބުނެފައެވެ.
ޝާހު އަކީ ތިން ދަރިންގެ ބައްޕައެކެެވެ. އޭނާ އަބަދުވެސް އަންނަނީ ދަރިންނާ އެކީ ހޭދަ ކުރެވޭ ވަގުތުތައް ފޭނުންނާ ހިއްސާކުރަމުންނެވެ.
މަސައްކަތަށް ބަލާއިރު ފިލްމު ޒީރޯގެ ނާކާމިޔާބީއާއެކު މިދުވަސްވަރު ޝާހުގެ އިތުރު އެއްވެސް ފިލްމެއް އިއުލާންކޮށްފައެއްނުވެއެވެ.