ޕީޕީއެމް

ޕީޕީއެމް އަށް 9.2 މިލިޔަން ރުފިޔާ ޖަމާކޮށްދީފި

މުހައްމަދު އައުޒަމް

1

ދައުލަތުގެ ބަޖެޓުން ޕީޕީއެމް އަށް 9.2 މިލިޔަން ރުފިޔާ ޖަމާކޮށްދީފިއެވެ.

ދައުލަތުގެ ބަޖެޓުން މިއަހަރު ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން ޕީޕީއެމަށް ދޭންޖެހޭ 9.2 މިލިޔަން ރުފިޔާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިފައިވާގޮތަށް ޖަމާކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިމަހު ކުރީކޮޅު އިލެކްޝަންސް ކޮމިޝަނުން އެ މިނިސްޓްރީއަށް ފޮނުވާފައިވާގޮތަށް، އެމްޑީޕީއަށް 12،749،191.09 ރުފިޔާ، ޖުމްހޫރީ ޕާޓީއަށް 2،059،960.36 ރުފިޔާ އަދި އެމްޑީއޭ އަށް 2،031،754.50 ރުފިޔާ، ޖަމާކޮށްދީފައެވެ.

ޕީޕީއެމް އަށް ވަނީ ދައުލަތުގެ ބަޖެޓުން މިއަހަރު 9،377،167.06ރުފިޔާ ލިބިފައެވެ.

ޕީޕީއެމްގެ ފައިސާ ދޫކުރުން މަޑުޖައްސައިލަން އީސީ އިން ނިންމީ އެ ޕާޓީގެ އަހަރީ ރިޕޯޓު އިސްލާހުކުރުވުމަށް ޓަކައި ކަމަށް އިސީން ކުރީން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ޕީޕީއެމަށް ލިބެން ޖެހޭ ފައިސާ ވެސް، ތަފާތު ސަބަބުތަކާ ހެދި، އީސީން ހިފެހެއްޓި އެވެ. ނަމަވެސް ފަހުން އެފައިސާ ވެސް ވަނީ ޕީޕީއެމަށް ދޫކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟