ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ފުޑް އެންޑް ބެވަރޭޖެސް ޝޯ (އެފްއެންބީ ޝޯ)ގެ ހަތަރު ވަނަ އެޑިޝަނުގެ ޕްރިންސިޕަލް ސްޕޮންސަރަކަށް ނެސްލޭ ހަމަޖައްސައިފިއެވެ.
ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެފްއެންބީ ޝޯއަކީ ކާބޯތަކެއްޗަށް ޚާއްސަކޮށްގެން ބާއްވާ ފެއާއެކެވެ. މި ޝޯ މިއަހަރު އޮންނާނީ ޖުލައިމަހު ދެޔަކުން ހަތަރަކަށް ދަރުބާރުގޭގައެވެ. ހުޅުވާފައި ހުންނާނެ ގަޑި ތަކަކީ މެންދުރު ދެޔަކުން އިރުއޮއްސި ހަޔަކަށް އަދި ރޭގަނޑު އަށަކުން އެގާރައަށެވެ.
މިދިޔަ އަހަރުގެ އެފްއެންބީ ޝޯއަށްވެސް ވަނީ ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައެވެ. އެ ގޮތުން މިދިޔަ އަހަރު 13 އެގްޒެބިޓަރުން ބައިވެރިވެފައިވާއިރު އެބައިވެރިން ވަނީ އާ އުފެއްދުންތަކާއި ޕްރޮމޯޝަންތައް ޝޯގައި ކުރިއަށް ގެންގޮސްފައެވެ.
މި އަހަރުގެ ޝޯ ކުރީ އަހަރުތަކަށް ވުރެ ފުރިހަމަ ވާނެ ކަމަށް ހައިރައިޒުން ވަނީ ބުނެފަ އެވެ.