ހޮލީވުޑް ތްރިލާއެއް ކަމަށްވާ "ދަ ގާލް އޮން ދަ ޓްރެއިން" ގެ ހިންދީ ރީމޭކަށް ޕަރިނިތީ ޗޯޕްރާ ހޮވާފައިވާކަމުގެ އަޑުތައް ފެތުރިފައިވާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ.
ޕަރިނިތީ މިހާރު މިވަނީ ފިލްމުގެ މަސައްކަތް ފެށިކަން ރަސްމީކޮށް ހިއްސާކޮށްފައެވެ. މި ފިލްމަކީ ރިބޫ ދަސްގުޕްތާ ޑައިރެކްޓް ކުރާ ފިލްމެކެވެ.
ޕަރިނިތީ ވަނީ އޭނާ ގެ އިންސްޓަގްރާމުގައި ފިލްމުގެ ސްކްރިޕްޓާއާއެކު އޭނާގެ ކޮފީ މަގް ފެންނަ ފޮޓޯއެއް ހިއްސާކޮށް ފިލްމަށް ތައްޔާރުވަމުން އަންނަކަން ހިއްސާކޮށްފައެވެ.
ފިލްމަކީ ޕައުލާ ހޯކިންސް 2015 ގައި ނެރުނު ކާމިޔާބު ވާހަކައެއްގެ މައްޗަށް ހަދާފައިވާ ހޮލީވުޑް ފިލްމެކެވެ. ޕަރިނިތީ މި ފިލްމުގައި ކުޅެނީ ހޮލީވުޑް ފިލްމުގައި އެމިލީ ބްލަންޓް ކުޅުނު ރޯލެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރީންވެސް ޕަރިނިތީ ވަނީ "ދަ ގާލް އޮން ދަ ޓްރެއިން"ގެ ހިންދީ ރީމޭކުގައި އެމިލީ ބްލަންޓްގެ ބައި ކުޅުމަށް އެކްސައިޓްވެ އަދި ނާވެސްވެފައިވާކަމަށް އިންސްޓަގްރާމުގައި ބުނެފަ އެވެ.