ހޮލީވުޑްގެ މަގްބޫލު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް އޭނާ ނެރޭ އާ އަލްބަމް، "ލަވާ" ގެ މައުލޫމާތުތައް އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކޮށްފިއެވެ.
މި ލައިވް ތެރޭގައި އޭނާ ވަނީ ބްރިޓިޝް ޑިޒައިނަރެއް ކަމަށްވާ ސްޓެލާ މެކާޓިނީ އާ ގުޅިގެން ފެޝަން ކަލެކްޝަނެއް ނެރުމަށް ނިންމާފައިވާކަން ފާހަގަ ކޮށްފައެވެ. ޓެއިލާ ބުނިގޮތުގައި އެ ކަލެކްޝަން ތައާރަފު ކުރަން ހަމަޖައްސައިފައިވަނީ މިއަހަރުގެ ފަހުކޮޅެވެ،
ޓެއިލާ ކުރި މި އިއުލާނާއެކު އޭނާގެ ފޭނުންނަށް ވަނީ ބޮޑު ހައިރާން ކަމަކާއެކު އުފާވެރިކަމެއްވެސް ލިބިގެން ގޮސްފައެވެ. ލައިވްގައި އެކަކު ވަނީ މެކާޓިނީ އާ ގުޅިގެން މިކަން ކުރީ ކީއްވެތޯ ޓެއިލާއާ ސުވާލު ކޮށްފައެވެ.
ޓެއިލާ ބުނީ މެކާޓިނީ އަކީ އޭނާ ވަރަށް އިހުތިރާމް ކުރާ މީހެއް ކަމަށެވެެ. މެކާޓިނީ އެއްޗެތި އުފައްދާ ގޮތާމެދުވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް ޓެއިލާ ބުންޏެވެ. އޭނާގެ މަސައްކަތުން ޓެއިލާ އަށް އިންސްޕިރޭޝަން ލިބޭ ކަމަށްވެސް ޓެއިލާ ފާހަގަކުރިއެވެ. މެކާޓިނީގެ ހެދުން ތަކުގައި "އިމޭޖިނޭޝަން އަދި ރޮމޭންސް" ގެ އެލިމެންޓްސް ފެނިގެންދާ ކަމަށްވެސް ޓެއިލާ ބުންޏެވެ.
މެކާޓިނީގެ ގިނަ ޑިޒައިންތައް ޓެއިލާ ލާފައިވާ ކަމަށާއި، އަލަށް ނެރޭ ކަލެކްޝަން އިންސްޕަޔާވެފައިވަނީ ޓެއިލާ ގެ އާ އަލްބަމް "ލަވާ" އަށް ކަމަށްވެސް ޓެއިލާ ބުންޏެވެ
ކަލެކްޝަނާ ބެހޭ މާބޮޑު މައުލޫމާތެއް ޓެއިލާ ހިއްސާނުކުރި ނަމަވެސް ގިނަ ބަޔަކު އުންމީދު ކުރަނީ އެ ކަލެކްޝަން 'ސަސްޓެއިނަބަލް' ވާނެ ކަމަށާއި ކުލަތައް ހުންނާނީ ރެއިންބޯ ކުލައިން ކަމަށެވެ. މެކާޓިނީ އަކީ އޭނާގެ ޑިޒައިން ތަކުގައި ހަމައެކަނި އީކޯ ފްރެންޑްލީ އެއްޗެހި ބޭނުން ކުރާ ޑިޒައިނަރެކެވެ.
ޓެއިލާ މިވަނީ އޭނާގެ މިއުޒިކްވެސް އިޖުތިމާއީ ގޮތުން ބޭނުން ކުރުމަށް އެންމެ ފަހުގެ ޓްރެކް އަންހެނުން ބާރުވެރި ކުރުމުގެ ތީމަށް ހަދައިފައެވެ.