ބޮލީވުޑް

ދޯސްތާނާ ދޭއްގެ ލީޑް ރޯލުން ރާޖްކުމާރު ރާއޯ

2008 ގައި ކަރަން ޖޯހަރު ނެރުނު މަގުބޫލު ފިލްމު 'ދޯސްތާނާ' ގެ ދެވަނަ ސީކުއިލުގެ ލީޑް ރޯލަށް ރާޖްކުމާރު ރާއޯ އެއްބަސްވެއްޖެއެވެ.

ދޯސްތާނާ ގެ ފުރަތަމަ ފިލްމުގައި ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ އަބީޝެކް ބަޗަން އަދި ޖޯން އަބްރަހަމްއެވެ.

ފިލްމުގެ ސީކުއިލްގެ ޝޫޓިން އަންނަ އަހަރު ފަށާނެ ކަމަށް ރިޕޯޓްތައް ބުނާ އިރު ރާޖްކުމަރު ރާއޯ އާއެކު ފިލްމުގެ ލީޑް ރޯލުން ދެން ފެނިގެން ދާނެ އަނެއް ބަތަލު ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.