ވިޔަފާރި

އިންކަމް ޓެކްސްގެ ބިލް ފާސްކުރުމަށް މަޖިލީހަށް ފޮނުވަނީ

އަލީ އިހްސާން

އިންކަމް ޓެކްސްގެ ބިލް ފާސްކުރުމަށް މަޖިލީހަށް ފޮނުވަން ނިންމައިފިއެވެ.

ރޭ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އިންކަމް ޓެކްސްގެ ބިލް އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މި ބިލް ފާސް ކުރުމަށް މިމަސް ނިމޭއިރު މަޖިލީހަށް ފޮނުވާނެކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އިންކަމް ޓެކްސް ގާނޫންގައި ހިމެނޭ ކަންތައްތަކާ ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުން ކަމަށް މިނިސްޓްރު އަމީރު ވިދާޅުވިއެވެ.

"މިހާރު ބިލްގެ މަސައްކަތް އެއްކޮށްވަނީ ނިމިފައި. މިހާރު ކުރިއަށްދަނީ އިންކަމް ޓެކްސްގެ ގާނޫން. ސްޓޭކް ހޯލްޑަރސް ތަކާއި އެ ގާނޫން ހިއްސާކޮށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާއި އިސްލާހުތައް ހިއްސާކޮށް، އެއަށް ޑިބޭޓް ކުރުމުގެ މަސައްކަތް. މިމަސް ނިމޭ އިރު މަޖްލީހަށް ފޮނުވޭ ވަރު ވާނެ،" އަމީރު ވިދާޅުވިއެވެ.

ރާއްޖެއަށް އިންކަމް ޓެކްސް ތައާރަފުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.