ބޮލީވުޑް

ދަރްމެންދްރާ މަޖާ ބިރުވެރި ފިލްމެއް ކުޅެނީ

"ކާލީ ބައްލީ" ކިޔާ މަޖާ ބިރުވެރި ފިލްމެއް ކުޅުމުގެ މަސައްކަތް ލެޖެންޑަރީ ބަތަލު ދަރްމެންދަރު ފަށައިފިއެވެ. މަނޯޖް ޝަރްމާ ލިޔެ ޑައިރެކްޓް ކުރާ މި ފިލްމަކީ ކަމާކް ކިޝޯރް މިޝްރާ ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

ދަރްމެންދަރާގެ ގާތް މީހެއް ބުނި ގޮތުގައި ފިލްމުގެ ޝޫޓިންގެ މަސައްކަތް ފަށާފައިވާއިރު އޭނާ އަށް އެ ޝޫޓިންތައް ވަރަށް މަޖާ ކަމަށެވެ. މީސް މީޑިއާގައި އަޑުތައް އަރާފައިވާ ގޮތުގައި ފިލްމުގެ ދަރްމެންދްރާ ފެނިގެން ދާނީ ސައިކެޓްރިސްޓެއްގެ ރޯލުންނެވެ. މިއީ ދަރްމެންދަރު މަޖާ ބިރުވެރި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ މުމްބާއި އަދި ލަކްނައުގައެވެ. ފިލްމުގައި ދަރްމެންދަރުގެ އިތުރުން ގިނަ ބަތަލުން ފެނިގެންދާނެއެވެ.