މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސްކަމުން އިސްމާއީލް ސޮފްވާން އިސްތިއުފާދެއްވައިފިއެވެ.
ސޮފްވާން މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް މެންބަރު ކަމުން އިސްތިއުފާ ދެއްވާފައެއް ނުވެއެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސް ކަމަށް އޭނާ އައްޔަނުކުރީ 12 މާރިޗު 2018 ގައެވެ.
ބްރޯޑްކޮމްއަކީ ރާއްޖޭގައި ބުރޯޑްކާސްޓް ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ ކޮމިޝަނެކެވެ. އެގޮތުން އެކޮމިޝަނުން ވަނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާ ހިލާފުވެފައިވާ ކަމަށް ނިންމައި، ރާއްޖޭގެ ބައެއް މީޑިއާތަކާ މެދު މީގެ ކުރިން ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައެވެ.