ދިވެހި ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމަށް ބޭނުންވާ ފަރާތްތަކުން ހުއްދަ ހޯދުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ވަނީ ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމަށް އެދިފައެވެ.
އެގޮތުން ފޯމު ފުރިހަމަ ކުރުމަށްފަހު، ފޯމުގައިވާ ބަޔާންކޮށްފައިވާ ތަކެއްޗާއެކު ހުށަހެޅުމަށް އެދިފައިވެ އެވެ.