ޓެކްނޮލޮޖީ

ގޫގުލްއިން ޕިކްސެލްގެ ހަތަރުވަނަ ފޯނު ދައްކާލައިފި

މުހައްމަދު އައުޒަމް

ގޫގުލްއިން ޕިކްސެލްގެ ހަތަރުވަނަ ފޯނު ދައްކާލައިފިއެވެ.

ގޫގުލް އިން ކުރި ޓްވީޓެއްގައި ވަނީ ޕިކްސެލް 4ގެ ދެ ފޮޓޯ ދައްކާލައިފައެވެ. އެއް ފޮޓޯއިން ފެންނަ ފޯނުގެ ފަހަތުގައި އެހެން ފޯނުތަކާ ހިލާފަށް ޕިކްސެލްގެ ކެމެރާ ހަރުކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ. މިއީ ޕިކްސެލް އިން އެންމެ ތަފާތު ޑިޒައިނަކަށް ނެރޭ ފޯނުކަމަށް ބެލެވެއެވެ.

ޕިކްސެލް އިން ކުރިން ނެރެފައިވަ ފޯނުތަކުގެ ފަހަތުގައި ހުންނަނީ އެންމެ ކެމެރައެކެވެ. ނަމަވެސް އެޕަލް އަދި ސެމްސަންގ ގެ ފޯނުތަކުގައި ވާގޮތަށް ޕިކްސެލް 4 ގެ ފަހަތުގައި ތިން ކެމެރާ ހުންނާނެކަން ފާހަގަ ކޮށްލެވެއެވެ.

ޕިކްސެލް 4 ބާޒާރަށް ނެރޭނެ ދުވަސް ހާމަކޮށްފައި ނުވިޔަސް ބެލެވޭގޮތުުގައި އޮކްޓޯބަރުގައި ބާޒާރުން މިފޯނު ލިބޭނެ އެވެ. ޕިކްސެލް 3 ނެރެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.