މިނާފުށް ލައްވައިގެން ބޭނުންކުރާ ފާޑު ބަޑިޔަކާއެކު ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ބަޑި ފުލުހުން ހޯދާފައިވަނީ ރޭ ދަންވަރު އިސްލާމިކް ޔުނިވަސިޓީ ފުރަގަހުގައި އޮންނަ ޕާކް ތެރޭ ތިބި ބައެއްގެ ކައިރީ އޮއްވައެވެ.
މިމައްސަލައިގައި ހައްޔަރު ކުރީ 22 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް އެ މީހާއާ ސުވާލު ކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.