ބަތަލާ އިޝާ ޑިއޯލް އަށް އަންހެން ދަރިޔަކު ލިބިއްޖެއެވެ.
ދަރިޔަކު ލިބުނުކަން ހާމަކޮށްފައިވަނީ އިޝާ އަމިއްލައަށް އޭނާގެ އިންސްޓަގްރާމް ގައެވެ. މިއީ އިޝާ އަދި އޭނާގެ ފިރިމީހާ ބާރަތް ގެ ދެވަނަ ދަރިއެވެ.
ދަރިފުޅަށް ކިޔާ ނަންވެސް އިޝާގެ އެ ޕޯސްޓުގައި ވަނީ ހިއްސާކޮށްފައެވެ. ދަރިފުޅުގެ ނަމަކީ މިރާޔާ ތަޚްތާނީ އެވެ. އިޝާގެ ފުރަތަމަ ދަރިފުޅަށް ކިޔަނީ ރަދްޔާ އެވެ.
އިޝާ އަދި ބާރަތް އަށް ފުރަތަމަ ކުއްޖަކު ލިބިފައިވަނީ 2017 ވަނަ އަހަރުއެވެ. އިޝާ ކައިވެނި ކުރީ 2012 ގައެވެ.
އެންމެ ފަހުން އިޝާ ފެނިގެންގޮސްފައިވަނީ ކުރު ފިލްމެއް ކަމަށްވާ "ކޭކްވޯކް" ގައެވެ.