ރައްޔިތުންގެ މަޖިލިސް

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް، އެމްޑީޕީން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ: އާޒިމް

އަލީ އިހްސާން

1

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް، އެމްޑީޕީން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމް މިހެން ވިދާޅުވީ ރާއްޖެ ޓީވީން ރޭ ގެނެސްދިން "ފަލަ ސުރުހީ" ފޮރްގުރާމުގައި ވާހަކަދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް، އެމްޑީޕީން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށާއި ކަމެއް ބަލަން ވެއްޖެއްޔާ ނުފޮރުޅާ އެންމެ ގަލެއްވެސް ނުބާއްވާނެ ކަމަށެވެ. އަދި ކޮންމެ ކަމެއްގައިވެސް އެކަމެއް ހިނގައިދިޔަ ސާފު ގޮތް ރައްޔިތުންނާ ހަމައަށް ގެނެސްދެއްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ޔަގީންކޮށްދޭނަން އެކަން ހިނގައި އެދިޔައީ އެ އޮތްގޮތަށް ކަން، އެ އުސޫލުންކަން. ނާޖާއިޒު ކަމެއް އެކަމުގައި ނެތްކަން ރައްޔިތުންނަށް ޔަގީންކޮށްދޭން ކުރާން ޖެހުނު ކޮންމެ ކަމެއް ކުރާނަން. ރައްޔިތުންގެ މަޖިލީސް އެމްޑީޕީއަށް އެކަނި ދެވުނީތީ ރައްޔިތުން ކަންބޮޑުވާނެ ކަމެއް ނެތް. ސަރުކާރު އެއްބަޔަކަށް ދެވުނީތީ. މިއީ އެއްބައެއް ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ މުޅިން ތަފާތު ގޮތަކަށް،" ރޭގެ ޕޮރްގުރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ވަޒީރުންނާއި ކުންފުނިތަކާއި މިނިވަން މުއައްސަސާތައް އެމްޑީޕީން ޒިންމާދާރު ކުރުވާނެ ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ސްޓޫޑެންޓް ލޯނު ސްކީމާ ގުޅޭ ޝަކުވާތައް އެމްޑީޕީގެ ޕީޖީ ގުރޫޕުން ހަޔާރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއަށް ވަނީ ހިއްސާކޮށްފައެވެ. އާޒިމް ވިދާޅުވީ އޭގެ ފަހުން އަލުން ލޯނު ސްކީމަށް ހުޅުވާލި އިރު، އެމްޑީޕީން ހުށަހެޅި ކަންތައްތަކަށް ބަލައި އިއުލާންކޮށްފައިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟