''ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޖަމިއްޔާ''ގެ ނަމުގައި ޖަމިއްޔާއެއް އުފެއްދުމަށް ޖުޑީޝަލް ކައުންސިލުން ނިންމައިފިއެވެ.
ޖުޑީޝަލް ކައުންސިލުން ބުނީ، މި ގޮތަށް ނިންމާފައި ވަނީ މިދިޔަ މަހު އެ ކައުންސިލުން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ކަމަށެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި މި ޖަމިއްޔާ އުފެއްދުމަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ފާއިތުވި މެއި މަހު 29 ވަނަ ދުވަހު ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށް ހުށަހަޅައިފައެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް ކޮމިޝަނުން ބުނި ގޮތުގައި މި ޖަމިއްޔާއަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ އިތުރުން އެމީހުންގެ އިމްތިޔާޒުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމަށް އުފައްދާ ޖަމިއްޔާއެކެވެ.