ގައުމީ ސަލާމަތު ކޮމެޓީ

ހޯމް މިނިސްޓަރާއި ޕްރިޒަންސާއި ފުލުހުން އަދި އިމިގްރޭޝަންގެ ވެެރިން 4:00 އަށް ކޮމިޓީއަށް ހާޒިރުކުރަނީ

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރު، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދިން މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި ފުލުހުން ގެ އޮފިސަރަކާއި، ކޮމިޝަނަރު އޮފް ޕްރިސަންސް ޢަބްދުﷲ މުނާޒް އާއި އިމިގްރޭޝަންގެ ވެރިޔަކު، ގައުމީ ސަލާމަތުގެ ކޮމިޓީއަށް ހާޒިރުކުރުމަށް އެ ކޮމިޓީން ފާސްކޮށްފިއެވެ.

އެބޭފުޅުން މިއަދު 4:00 އަށް އެ ކޮމިޓީއަށް ހަޒިރުކުރަން ކޮމިޓީން ފާސް ކުރީ، އަދީބު ރާއްޖޭން ބޭރަށް ފުރުއްވުމަށްފަހު ފިއްލަވައިފާނެތީ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަކާ ގުޅިގެން، ކޮމިޓީން ބޭއްވި ކުއްލި ބައްދަލުވުގައެވެ.

އެބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް، ދެކަމެއް ސާފު ކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އޭގެ ތެރެއިން އެއްކަމަކީ، އަދީބު ފިއްލަވައިފާނެކަމުގެ ބިރުއޮތުމުން، އެކަން ހުއްޓުވުމަށް އެ މުއައްސަސާތަކުން އަޅާފައިވާ ފިޔަވަޅުތަކާއި އިންތިޒާމުތަކަކީ ކޮބައިތޯ ބަލައި ދިރާސާކުރުމެވެ.

ދެވަނަ ކަމަކީ، ގިނަ ތުހުމަތުތަކެއް އަދީބުގެ މައްޗަށް ކޮށްފައިވާތީ އަދީބު ފިލުމުގެ ފުރުސަތެއް އޮތްތޯ ބަލައި، އެފަދަކަމެއް ފެންނަން އޮތްނަމަ އެކަން އިސްލާހުކުރުމަށް ކޮމިޓީއަށް އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެ ފިޔަވަޅުތައް އެޅުމެވެ.