މަތީ ތައުލީމު

މަތީ ތައުލީމުގެ ލޯނު އެހީއަށް އެދުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި

މަތީ ތައުލީމުގެ ލޯނު އެހީއަށް އެދުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ހުޅުވާލައިފި އެވެ.

މިދިޔަ މާޗް މަހު ސްޓޫޑަންޓް ލޯނަށް އިއުލާނު ކުރުމުން ލޯނަށް އެދުނު ދަރިވަރުންގެ ތެރެއިން 79 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާއިރު މިއަދު ފުރުސަތު ހުޅުވާލީ ބާކީ އޮތް 163 ފުރުސަތަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިފަހަރުވެސް ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވަނީ އެކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށެވެ. ލޯނަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކަށް އެ މިނިސްޓްރީން ކަނޑައަޅާފައިވަނީ މިމަހު 24 ވާ ހޯމަ ދުވަހުގެ 13:30އެވެ.

މި އަހަރުގެ މާޗް މަހު ލޯނަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ފޯމުލީ ގިނަ ކުދިންގެ ފޯމު މިނިސްޓްރީން ވަނީ ބާތިލްކޮށްފައެވެ. މިކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ކުދިން ޑިސްކޮލިފައިވެފައިވަނީ އިއުލާނު ކުރި އުސޫލާ ހިލާފު ވެފައިވާތީ ކަމަށެވެ.