ބަތަލާ ސޮނާކްޝީ ސިންހާގެ ފިލްމު "ޚާންދާނީ ޝަފަޚާނާ" ރިލީސްކުރާ ތާރީހު ހާމަކޮށްފިއެވެ.
ސޮނާކްޝީ ވަނީ ފިލްމުގައި ހަރަކާތްތެރިވާ ފަރާތް ތަކާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށް، ފިލްމުގެ ނަން އަހާތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ބުނެފައެވެ. އަދި މިހާރު ފިލްމުގެ ނަން އެނގިފައިވާ ކަމަށްވެސް ބުނެފައެވެ. މީގެ އިތުރުން ފިލްމު ރިލީސް ކުރަނީ 26 ޖުލައިގައި ކަމަށް ވެސް އޭނާވަނީ ބުނެފަ އެވެ.
ފިލްމުގެ ލީޑުރޯލުން ސޮނާކްޝީ އާއެކު ފެނިގެންދާނީ ވަރުން ޝަރުމާއެވެ. އަދި އަންނު ކަޕޫރާއި ބާދްޝާވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ބޫޝަން ކުމާރު، މިރްދީޕް ސިންގ ލަމްބާ އަދި މަހާވީރު ޖެއިން އެވެ. ޑައިރެކްޓް ކުރަނީ ޝިލްޕީ ދަސްގުޕްތާއެވެ.