ބޮލީވުޑް

އަރްބާޒް ޕަރފެކްޓް ރިލޭޝަންޝިޕާ ގުޅޭގޮތުން: 21 އަހަރު ޓްރައި ކުރިން، އެކަމު ނޭނގުނު

އަރްބާޒް ޚާން އަންނަނީ ފިލްމް "ޖެކް އެންޑް ޖިލް" ގެ ޕްރޮމޯޝަންގައި މަސައްކަތް ކުރަމުންނެވެ. އެ ފިލްމް އަކީ ކައިވެނި ކޮށްގެން އުޅޭ މީހެއް އޭނާގެ އަންހެނުން ޗީޓް ކުރާކަމަށް ހީކޮށް ޕްރިވެޓް ޑިޓެކްޓިވްއެއް ސްޕައި ކުރަން ހަޔަރ ކޮށްގެން ދިމާވާ ހާދިސާ ތަކެއްގެ މައްޗަށް އަލިއަޅުވައިލައިފައިވާ ފިލްމެކެވެ.

ޒޫމް ޓީވީ އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި އަރްބާޒު ބުނީ ޕަރފެކްޓް އެއްވެސް ކަމެއް އޮންނަ ކަން ނޭނގޭ ކަމަށެވެ. މަލައިކާ 2016 ވަނަ އަހަރު ޑިވޯސް ވުމަށް ފަހުވެސް އެވާހަކަތައް މީޑިއާގައި އެހާ ބޮޑަށް ދެ ތަރިން ވެސް ނުދައްކައެވެ.

އަރްބާޒު ބުނީ 21 އަހަރު ވަންދެން ކައިވެނި ދެމެހެއްޓޭތޯ މަސައްކަތް ކުރި ކަމަށެވެ. އެކަމު އެކަން ނުވި ކަމަށެވެ. އަދި އަރުބާޒު އިތުރަށް ބުނީ ދެ ވައްތަރުގެ މީހުން އުޅޭ ކަމަށާއި، ބައެއް މީހުންނަކީ ކިތަންމެ ވަރަކަށް ލިބުނަސް އިތުރަށް ބޭނުންވާ މީހުން ކަމަށެވެ. އަނެއްބައި މީހުންނަކީ ލިބޭ މިންވަރަށް ޝުކުރުވެރިވާ މީހުން ކަމަށެވެ. މީގެ އިތުރުން އަޒްބާޒް ބުނި ގޮތުގައި ރިލޭޝަންޝިޕެއް ޕަރފެކްޓް ކުރުމަކީ ކޮންމެ ދުވަހަކު ކުރަންޖެހޭ ބުރަ މަސައްކަތެކެވެ.

އަޒްބާޒް ވަނީ މި ޝޯގައި ޖޯޖިއާ އަންޑްރާނީ އާއި އޭނާގެ ގުޅުމާ ބެހޭގޮތުންވެސް ވާހަކަ ދައްކާފައެވެ. އޭނާ ބުނީ މިވަގުތު ޑޭޓް ކުރަމުން ދިޔަ ނަމަވެސް އަދި ކުރިއަށް ކަންކަން ދާނެ ގޮތް ނޭނގޭ ކަމަށެވެ. މަލައިކާ އާއި ޑިވޯސް ވުމަށް ފަހުވެސް އެކި މީހުނާ ރައްޓެހި ވި ނަމަވެސް ކަން ހިނގަނީ ހީކުރާ ގޮތަށް ކަމަށް ނުވާތީ މިހާރުވެސް ވާނެ ގޮތް ނޭނގޭ ކަމަށެވެ.


އަރްބާޒް ޒޫމްޓީވީ އަށް ދިން އިންޓަވިއު ---