ހަސަން ލަތީފް

ރައީސް ނަޝީދާ ގުޅޭ ވާހަކަ ދުންޔާ އިތުރަށް ނުދެއްކެވުން އެދެން: ހަސަން ލަތީފް

1

ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅޭ ވާހަކަ ދުންޔާ މައުމޫން އިތުރަށް ނުދެއްކެވުން އެދިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފު މިހެން ވިދާޅުވީ މީގެ އިރުކޮޅެއް ކުރީން އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.

ހަސަން ލަތީފު މިހެން ވިދާޅުވި އިރު ރާއްޖޭގެ އޮންލައިން ނޫސް "އަވަސް" އިން އިއްޔެ ފެށި "ހުކުރު އަވަސް" ޕްރޮގްރާމް ގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ މައުމޫނު ވިދާޅުވެފައި ވަނީ ބޭރުގެ ޖަމިއްޔާ ނުވަތަ ޖަމާއަތް ތަކަކުން ރައީސް ނަޝީދު ދޫކޮށްލަން ނިންމިޔަސް އެކަން އެގޮތަށް ނުވާނެ ކަމަށާއި އެކަން ކުރިޔަށް ގެންދަން ޖެހޭނީ ރާއްޖޭގެ ސިސްޓަމްތަކުގެ ތެރެއިން ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ރައީސް ނަޝީދަށް ވެސް އިންސާފުވެރި ލިބިވަޑައިގަތުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ދުންޔާގެ ވާހަކައިގައި ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައާ ގުޅޭ ގޮތުން ދުންޔާ މައުމޫނު އަށް ވަނީ މާ ގިނަ ފަހަރު މާ ގިނަ ގޮތް ގޮތަށް މާ ގިނަ ވާހަކަ ދެކެވިފައި ކަމަށެވެ.

"އަޅުގަނޑުގެ ޚާލިސް އިލްތިމާސަކީ ރައީސް ނަޝީދުގެ މައްސަލައާ ގުޅޭ ވާހަކަ ދުންޔާ އިތުރަށް ނުދެއްކެވުން." ލަތީފުގެ ޓުވީޓުގައިވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟