ސަލްމާން ޚާން އަދި ޖެކުއިލިން ފެނާންޑިޒް ލީޑް ރޯލުން ފެނިގެންދާ ފިލްމު ކިކް ގެ ސީކުއެލް އެއް ކަމުގައިވާ ކިކް 2 އުފައްދާ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވަނީ ވެފައެވެ.
ނަމަވެސް ފިލްމު ޑައިރެކްޓް ކުރަނީ ކާކުތޯ ވަނީ ނުނިމިއެވެ. އެކަމާގުޅިގެން ތަފާތު އަޑުތައް ވަނީ ފެތުރިފައެވެ. ފިލްމު އުފައްދާ ފަރާތުން މިހާރު މިވަނީ އުފާވެރި ހަބަރެއް ދީފައެވެ.
ކާމިޔާބު ފިލްމު ކިކް ގެ ސީކުއެލް ޑައިރެކްޓް ކުރަނީ ސާޖިދް ނަޑިއަޑްވާލާ އެވެ.
ސާޖިދްގެ ނަޑިއަޑްވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓްގެ ފަރާތުންވެސް ވަނީ އޭނާ މި ފިލްމު ޑައިރެކްޓް ކުރާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ސްކްރިޕްޓް ގެ މަސައްކަތް ސާޖިދް ކުރާތާ މިހާރު ވަނީ އަހަރެއް ވެފައެވެ.
2014 ވަނަ އަހަރު ނެރުނު ސުޕަރހިޓް ފިލްމު ކިކް ވެސް ޑައިރެކްޓް ކޮށްފައިވަނީ ސާޖިދްއެވެ.