ޕޮލިސް

މުދާ އުފުލާ ދޯންޏެއް ދިޔަވާތީ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ

މުދާ ހިފައިގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ދިޔަވަމުންދާތީ ސިފައިންނާއި ފުލުހުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދު 11:50 ހާއިރު މާލެ އަތޮޅު ތުޅާގިރި ކައިރިން މުދާ އުފުލާ ދޯންޏެއް ދިޔަވަމުން ކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. އަދި އެވަގުތުން ފެށިގެން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށާއި ޕަންޕް ޖަހައިގެން މިހާރު ދިޔަ ހިއްކަމުންދާކަމަށް ފުލުހުން ބުންޏެވެ.

އެހާދިސާ ހިނގިއިރު ދޯނީގައި ތިބީ ޖުމްލަ ފަސް މީހުން ކަމަށް ފުލުހުން ބުންޏެވެ. އެއީ ހަތަރު ބިދޭސީ ފަޅުވެރިންނާއި ދޯނީގެ ކެޕްޓަނެވެ.

މިދުވަސްވަރަކީ ވިއްސާރަވެ ވައިގަދަަ ދުވަސްވަރަކަށް ވުމާއިއެކު ދަތުރުވެރިން ސަމާލުވުމަށް މޫސުމާ ބެހޭ އިދަރާއިން ވަނީ އިލްތިމާސްކޮށްފައެވެ.