އެލައިޑް އިންޝުއަރެންސް

އެލައިޑުގެ މުވައްޒަފުންނަށް ހެލްމެޓް ބަހައިފި

އެލައިޑު އިންޝުއަރެންސް ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ހިލޭ ހެލްމެޓް ދީފިއެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އެލައިޑުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މުވައްޒަފުންނަށް ހިލޭ ހެލްމެޓް ދިނުމަށް މެނޭޖްމަންޓުން ނިންމީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

އެގޮތުން އެ ކުންފުނީގެ 190 މުވައްޒަފުންނަށް މިއަދު ހެލްމެޓް ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެކުންފުނީގައި 190 މުވައްޒަފުން ތިބި އިރު ގިނަ މުވައްޒަފުން ދިރިއުޅެނީ ހުޅުމާލޭގައެވެ.