އަހްމަދު އަދީބު އަބްދުލްގަފޫރު

ހައިކޯޓުން ބާތިލުކުރި އަދީބުގެ މައްސަލައެއް ދައުލަތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ހައިކޯޓުން ބާތިލުކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހިޔާނާތުގެ މައްސަލައެއް ދައުލަތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފިއެވެ.

ޅ. މާބިންހުރާއިން ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ މައްސަލައިގައި އަދީބުގެ މައްޗަށް އިއްވި ހިޔާނާތުގެ ކުށުގައި ވަނީ އަށް އަހަރަށް ޖަލަށް ހުކުމް އިއްވާފައެވެ.

ނަމަވެސް އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލްކޮށް އަލުން ބަލަން ހައި ކޯޓުން އެންގުމުން އެމައްސަލަ ދައުލަތުން ސުޕްރީމް ކޯޓްގައި އިލްތިމާސް ކޮށްފައި ވަނީ ހުސްވި ހަފްތާތެރޭގައެވެ.

މިއަހަރުގެ މެއި މަހުގެ 30 ގައި ހައި ކޯޓުން ވަނީ އަދީބުގެ ހިޔާނާތުގެ މައްސަލައިގެ ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް އަމުރުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި، 2016 ވަނަ އަހަރުގެ ޖޫން މަހުުގެ 23 ގައި، ދަށު ކޯޓުން އަދީބުގެ މައްޗަށް އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރީ، ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ފީގެ ގޮތުގައި ލިބުނު ކަމަށްބުނާ ފަސް މިލިއަން ޑޮލަރުގެ މައްސަލައިގައެވެ.