ކޮރެއަން ޑްރާމާ އެއް ކަމަށްވާ "މިސް ގްރެނީ" ގެ ރީމޭކު ކުޅުމަށް ބަތަލާ ޝްރެއްދާ ކަޕޫރު އެއްބަސްވެއްޖެއެވެ. ޓެލްގޫ ޕްރޮޑިއުސަރު ސުރޭޝް ބާބޫ ޕްރޮޑިއުސްކުރާ މި ފިލްމު އުފައްދަނީ ހިންދީ އަދި ޓެލްގޫ ބަހުން ކަމަށް ވެއެވެ.
ދެހާސް ސާދަވަނަ އަހަރު ނެރެފައިވާ ކޮރެއާގެ އެ ޑްރާމާ އަކީ 74 އަހަރުގެ މުސްކުޅި އަންހެނެއް ފޮޓޯއެއް ނެގުމުން 20 އަހަރުގެ މީހަކަށް ބަދަލުވެގެން ދެން ދިމާވާ ކަންކަމާ ގުޅޭ ގޮތުން އުފައްދާފައިވާ ޑްރާމާއެކެވެ. އޭގައި އެ އަންހެން މީހާ މިއުޒިކުން ކެރިއަރެއް އުފައްދައި، އޭނާގެ މާމަ ދަރިއާއެކު ބޭންޑުގައި މަސައްކަތް ކުރަން ފަަށައެވެ. މާމަ ދަރިއަކަށް އޭނާގެ ބޭންޑްގެ އެކުވެރިޔަކީ މާމަ ކަމެއް ނޭގެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރަސްމީކޮށް އަދި ފިލްމު އިއުލާން ކޮށްފައި ނުވި ނަމަވެސް ވަރަށް އަވަހަށް އިއުލާން ކުރާނެއެވެ. ފިލްމަށް ކިޔާ ނަމަކީ "އޯ ބޭބީ" އެވެ.
ނިތޭޝް ތިވާރީގެ ފިލްމު "ޗިޗޯރު" ގައިވެސް ޝްރައްދާ ފެނިގެން ދާނީ ދުވަސްވީ މީހެއްގެ ރޯލުންނެވެ. އަދި މީގެ ކުރިން އޭނާ ވަނީ "ހަސީނާ ޕާކަރު" ގައިވެސް ދުވަސްވީ މީހެއްގެ ބައިން ފެނިގެން ގޮސްފައެވެ.
މިދުވަސްވަރު ޝްރެއްދާ މަސައްކަތް ކުރަމުން ދަނީ ވަރުން ދަވަންއާއެކު "ސްޓްރީޓް ޑާންސާ 3" އަދި ޕްރަބާގެ ފިލްމު "ސާހޯ" ގައެވެ.