މަގްބޫލު ޓީވީ ސީރީޒް ކަސޯޓީ ޒިންދަގީކީ ގެ ރީމޭކު މުޅިން އާ ތަރިންނާއެކު ކުރިއަށް ދާއިރު، ސީރީޒްގެވެސް އެންމެ މަގްބޫލު ރޯލު ކަމަށްވާ މިސްޓަރ ބަޖާޖްގެ ބައި ޝޫޓް ކުރަން ފަށައިފިއެވެ.
އެގޮތުން ބަތަލު ކަރަން ސިންގް ގްރޯވަރު އަންނަނީ މި ރޯލުގެ ޕްރޮމޯ ޝޫޓިންތައް ކުރަމުންނެވެ. މިއީ ޓީވީ ސީރީޒްއަކުން ކަރަން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސީރީޒްއިން ކަރަން ފުރތަމަ ފެންނަ ޝޮޓް ވަރަށް "ޑެއާޑެވިލް" ވާނެ އެވެ. އެގޮތުން އޭނާ ފެނިގެން ދާނީ ޓެރަސްއަކުން ފުންމާލާ ތަނެވެ. ފުންމާލަނީ މީހަކު ސަލާމަތް ކުރަންކަމެއް ނުވަތަ ހަމަ ސްޕޯޓެއްގެ ގޮތުގައި ކަމެއް އަދި ނޭގެއެވެ.
ރަސްމީކޮށް ކަރަންގެ ނަން ޗެނަލުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް ޗެނަލުން އެކަން އިއުލާން ކުރާނެ ކަމަށާއި، އަދި ޕްރޮމޯ ވީޑިއޯ ޝޫޓް ކުރުމަށްފަހު އިތުރު ޝޫޓިން ތަކަށް ކްރޫ ސްވިޒަލޭންޑަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ސީރީޒްގެ ޓީމާ ގުޅުން އޮންނަ މީހަކު ވަނީ މައުލޫމާތު ދީފައެވެ.
ކަސޯޓީ ދައްކަނީ ހަފްތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރޭގަނޑު އަށެއް ޖަހާއިރުއެވެ.