ޕޮލިސް

ބަންދު ކޮށްފައިއޮތް، ގްރީންޒޯނުގައި ހުންގަދަވެފައި ހުރި މީހަކު ފުލުހުން އޭޑީކޭއަށް ގެންގޮސްދީފި

2

އިންޑިއާގެ ބޮޑުވަޒީރު މާދަމާ ރާއްގެއަށް ކުރައްވާ ޒިޔާރަތާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދު ކޮށްފައިވާ، މާލޭ މަލޭ ގްރީންޒޯނު ސަރަހައްދުން، ތިން ނަންބަރު ފާލަން ކައިރީގައި ސުވާލު އުފެދޭ ގޮތަކަށް މީހަކު ހުރުމުން ފުލުހުން ގޮސް ބެލި އިރު އެމީހާ، ހުން ގަދަވެފައި ހުރުމުން އޭޑީކޭ އަށް ގެންގޮސް ދީފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ ފުލުހުން ބުނީ ގްރީން ޒޯން ބަންދުކޮށްފައިވަނިކޮށް އެސަރަހައްދުގައި އާދަޔާ ހިލާފު ގޮތަކަށް މީހަކު ހަރަކާތްތެރިވަމުންދާތީ ގޮސް ބެލި އިރު އޭނާ ހުރީ ވަރަށް ބޮޑަށް ހުންގަދަވެފައި ކަމަށެވެ.

އަދި އެހާލުގައި އެމީހާ ދޫކޮށް ނުލަންވެގެން އޭޑީކޭއަށް ގެންދިޔައީ، ހުސައިން އާދަމް ބިލްޑިންގަށް އެމީހާ ގެންގޮސް، އާއިލާގެ މީހަކަށް ގުޅައިގެން ގެނެސް، އާއިލާގެ މީހާ އާއެކު ވެހިކަލުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟