ޕޮލިސް

ވަގަށް ނެގި ތަކެއްޗާއެކު ހޯރަފުށިން މީހަކު ހައްޔަރުކޮށްފި

ހއ. ހޯރަފުށީ ފިހާރައަކުން ވަގަށް ނެގި ފަސްފޮށި ސިގިރޭޓާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު ހޯރަފުށީ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، ފިހާރައިން ފަސްފޮށި ސިގިރެޓް ވަގަށް ނަގާފައިވާކަމަށެވެ. އަދި އެމައްސަލައިގައި ހޯރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި ތަހުގީގުން ވަގަށް ނެގި ތަކެއްޗާއެކު ތުހުމަތު ކުރެވޭ މީހާ މިއަދު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.