މަސްތުވާތަކެއްޗާއެކު ދެ ރަށަކުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މ. މުލަކު ޕޮލިސް ސްޓޭޝަނާއި މ. މުލީ ޕޮލިސް ސްޓޭޝަނުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕަކެޓާއެކު 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.
އަދި މ. މަޑުއްވަރީގައި ދިއްގަރު ޕޮލިސް ސްޓޭޝަނާއި މުލަކު ޕޮލިސް ސްޓޭޝަނާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕަކެޓަކާއެކު 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.
މި ދެމައްސަލަވެސް ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.