މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ތ. ވޭމަންޑޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.
އަދި އޭނާގެ ކައިރިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ޕެކެޓް ފެނިފައިވާކަމަށާއި އަދި އޭނާގެ ގެއިން ގިނަ އަދަދެއްގެ ފައިސާ އާއި ހުސް ޕަކެޓް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.