ރައްޔިތުންގެ މަޖިލިސް

މޯދީގެ ތަގުރީރާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް ޕީޖީ ލީޑަރުންނާ މަޝްވަރާކުރައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަަށް ކުރައްވާ ރަސްމީ ދަތުރު ފުޅުގައި، ރައްޔިތުންގެ މަޖަިލީހުގައި ތަގުރީރުކުރެއްވުމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ބައިވެރިވެފައިވަނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރ އަހުމަދު ސިޔާމާއި، ޕީއެންސީ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރާއި، ޖުމްހޫރީ ޕާޓީގެ ޕީޖީގެ ނައިބު މުހައްމަދު ނާޒިމްގެ އިތުރުން އެމްޑީއޭގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުއެވެ.

މޯދީ މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އިރުއޮއްސި 6:45 ގައެވެ.