ޕޮލިސް

ލޯންޗަކާއި ދޯންޏެއް ޖެހި ދެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ޝަހީދާ އަބްދުﷲ ސައީދު

1

ކަނޑުމަތިން ދުއްވާފައި ދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި، ހިނގި އެކްސިޑެންޓްގައި ލޯންޗަށާއި ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ވިލިމާލޭ ކައިރިން ވާދޫ ކަނޑުއޮޅިން ދުއްވާފައި ދިޔަ ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓްވިކަމުގެ މައުލޫމާތު މިއަދު 7:00 ގައި ލިބިފައިވާކަމަށެވެ.

އެ އެކްސިޑެންޓް ހިނގިވަގުތު ދޯނީގައި ތިން މީހުން ތިބި ކަމަށާއި ލޯންޗްގައިވެސް ތިން މީހުން ތިބި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނެފައިވެއެވެ.

މި އެކްސިޑެންޓްގައި ލޯންޗަށާއި ދޯންޏަށް ވެސް ބޮޑެތި ގެއްލުންތައް ވެފައިވާކަމަށާއި ކަފު ޖަހައިގެން ވިލިގިލީ ފަޅަށް ދޯނި ވައްދަން އުޅުމުގެ ތެރޭގައި ދޯނި ވިލިގިލީ ނެރުމައްޗަށް އަޑިއަށް ގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.

އަދި ދޯނި ނެގުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ކުރަމުންދާކަމަށާއި ލޯންޗް، އަދި ދޯނި ދުއްވަން ތިބި ދެމީހުން އަތުގައިވެސް ލައިސަންސް އޮތްކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި އެމައްސަލަ މިހާރު ތަހުގީގުކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟