މަސްތުވާތަކެއްޗާއެކު ހއ. ހޯރަފުށިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހޯރަފުށީ ޕޮލިސް ސްޓޭޝަނުން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި އެއް ސެލޯފިން ކޮޅު ފެނިފައިވާ ކަމަށެވެ.
އަދި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއެކު 35 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އެކި ސަރަހައްދުތަކުގައި ހިންގާ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންދާ އިރު އެތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރުމުގެ އިތުރުން ހިދުމަތްދޭ ތަންތަންވެސް ފުލުހުން ވަނީ ހޯދާފައެވެ.