ކޮމިޝަނާ އޮފް ޕޮލިސް

ހައްޔަރުކުރި ދެ މީހުން ދޫވުމުގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލާނަން: ހަމީދު

ޝަހީދާ އަބްދުﷲ ސައީދު

1

ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކޯޓުން ދޫކޮށްލި ދެ މީހުންގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަވާރި ހުއްޓުވުމަށްޓަކައި ފުލުހުން ގާނޫނުގެ ތެރެއިން ހުރިހާ ބާރެއް ބޭނުން ކުރާނެ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި އެމައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލައި، ފުލުހުންގެ ފަރާތުން ކަމެއް ރަނގަޅު ކުރަން ޖެހިފައިވާނަމަ އެކަން ރަނގަޅު ކުރާނެ ކަމަށް ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނާ މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލެއިން ތިން ކިލޯހެ މަސްތުވާތަކެއްޗާ އެކު 52 އަހަރުގެ އަންހެނަކާއި 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް މުއްދަތު ޖަހަން ދެފަހަރަށްވެސް ކޯޓަށް ހާޒިރުކުރުމުން އެދެމީހުން ދޫކޮށްލުމާ ގުޅިގެންނެވެ.

ނަމަވެސް ތިންވަނަ ފަހަރަށް ކޯޓު އަމުރެއްގެ ދަށުން އެދެމީހުން ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟